English Edition
Dhivehi Edition
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އަބަދުވެސް ޕާޓީތަކުގެ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޫކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދައިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބޭނުންތަކަށް ސުކޫލުތައް ބޭނުން ކުރެވޭ ކަމަށާއި، ނަމަވެސް އެހެން ޕާޓީތަކުގެ ބޭނުންތަކަށް ސްކޫލުތައް ދޭން އެދުމުން އެޑިއުކޭޝަން މިނިސްޓްރީން އެ ހުއްދަ ނުދޭކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މި ގޮތުން ރަޒައިނާ ވިދާޅުވީ އަބަދުވެސް ޕާޓީތަކުގެ އެފަދަ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޭ ކަމަށެވެ. ސްކޫލު ހޯލުތައް ނުދެނީ ކެމްޕެއިން ޖަލްސާތައް ބާއްވަންކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ ވާރކް ޝޮޕްތަކާއި، ގައުމީ މަޖިލިސް ބައްދަލުވުންތަކާއި، ކޮންގްރެސް ފަދަ ކަންކަމަށްވެސް ސްކޫލު ހޯލުތައް ދޭކަން އުޝާމަށްވެސް އެގިލައްވާނެކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ ‘އޭބޭފުޅުންވެސް ބޭނުންވާނަމަ، އަވަހަށް ހޯލުތައް ހޯއްދެވުމަށް އެދިލެއްވުމަށް’ ވިދާޅުވެފައެވެ.

ޓެގު