ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.
މާސްޓަރކާޑު ޑެބިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި 2،500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވައިގެން 500 ރުފިޔާ އާ ހަމަޔަށް ވައުޗަރ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލް އިން ބުނީ މާސްޓަރކާޑު ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ޕްރޮމޯޝަން ގެ މުއްދަތުގައި މާސްޓަރކާޑު ބޭނުންކޮށްގެން 3،000 ރުފިޔާ އާ ހަމަޔަށް ހަދާ ޓްރާންސެކްޝަންތަކަށް 600 ރުފިޔާ ގެ ވައުޗަރ އެއް ވެސް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 ނޮވެންބަރު 2023 ގެ ނިޔަލަށެވެ.
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/shop-and-win-with-your-mastercard