English Edition
Dhivehi Edition
ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ވަނީ ހާލުގައި ޖެހިފައި

އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީމަށް ހުޅުވި ފަންޑަށް 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ ‘ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް’ ފައިސާ ހޯދުމަށް މީޑިއާތަކުން އިއްޔެ ކުރިއަށް ގެންދިޔަ 13 ގަޑިއިރުގެ ޓެލެތޯންގައި އޮންލައިން ޓްރާންސެކްޝަން ތަކުން 12.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި 8300 ޑޮލަރު އެހީގެ ގޮތުގައި ލިބިފައިވާއިރު މި ޓެލެތޯން އިންތިޒާމު ކުރި ފަރާތުން ބުނީ ފަންޑު ފޮށިތަކުން ލިބުނު ފައިސާ ގުނައި ނިމުމުން މި އަދަދު އިތުރުވެގެން ދާނެކަމަށެވެ.

ގާޒާއަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި ކުންފުނިތަކާ، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު އިއްޔެ މާލޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ފަންޑު ފޮށި ތައް ބަހައްޓާފައެވެ. މީގެ އިތުރުން ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާ އާއި އެކި ކަހަލަ ސާމާނު ވިއްކައިގެން ލިބުނު ފައިސާވެސް ވަނީ މި ފަންޑަށް ޖަމާކޮށްފައެވެ.

އާޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުނަށް އެހީވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންޑްރައިޒް ހަރަކާތްތައް ހިންގަމުން އަންނައިރު ހައްދު ފަހަނަޅާފައިވާ އިސްރާއީލުން ސިފައިންގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ އެއްވުންތައްވެސް ބާއްވަމުންނެވެ.