English Edition
Dhivehi Edition

ދަނޑުވެރިންގެ ދުވަހާ ގުޅިގެން ގަސް އިންދާ ސްމާޓް ޕޮޓެއް ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، އެ ސްްމާޓް ޕޮޓް ހޯދުމަށް ގޭގައި އިންދާފައި ގަހެއްގެ ފޮޓޯއެއް ނަގައި ފޮޓޯ ޕޯސްޓުގައި ހޭޝްޓެގް “ގްރޯ ވިތް އުރީދޫ” ބޭނުންކޮށް އުރީދޫ އަދި ޒުވާން ދަނޑުވެރިޔާ ޓެގް ކުރަންޖެހޭނެ ކަމަށެވެ.

އުރީދޫ އިން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެއިތުރުން އުރީދޫ އިން ބުނީ ނަސީބުވެރި ފަރާތަކަށް ދޭސްމާޓް ޕޮޓަކީ “ގްރޯ ވިތު އުރީދޫ” ގެ އެމްބެސެޑާ ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީގެ ފަރާތުން ދޭ ހަދިޔާއެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަކީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގްައި ފާހަގަކުރުމަށް ނިންމީ 2009 ވަނަ އަހަރުގައެވެ.

ޓެގު