English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލީ ހުއްޓާލަން ޖެހޭ ގޮތަށް ނޫންކަމަށް އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖުލީހުގައި އެމްޑީޕީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ،ި އަސްލަމް ވިދާޅުވީ މިއަދު ކޯރަމް ހަމަ ނުވެގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލީ މީގެ ކުރިން އަމަލުކުރާ އުސޫލުން ނޫންކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލިސް ހުއްޓުވާލިއިރު މަޖިލިސް ގޯތި ތެރޭގައި ދަޑިމޮކްރޭޓްސް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ތިއްބެވި ކަމަށެވެ. އަދި މަޖިލީހުގެ ހޯލުތެރެއަށް ވަދެ ދޮރު ހުޅުވާ ބައްލަވާލެއްވުމަށް ފަހު ޑިމޮކްރެޓްސްގެ މެމްބަރުން ނިކުންނެވީ ކަމަށް އަސްލަމް ވިދާޅުވިއެވެ. ޑިމޮކްރެޓްސް ގެ މެމްބަރުން ޖަލްސާ ހޯލަށްވަދެ ވަޑައިގެންފައި ނުވާ ކަމަށާއި، އެހެންކަމުން އެއީ ގަސްތުގައި ކުރެވި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ 22 މެމްބަރުން ނެތް ކަމަށް ވިދާޅުވެ ޖަލްސާ ކެންސަލް ކުރައްވާފައެވެ.