English Edition
Dhivehi Edition

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ‘ޕަޔަނިއާ’ ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް 90 ރުފިޔާ އަށް ލިބިގެން ދާނެއެވެ. މިއީ އާންމު އަގުންނަމަ 108ރ އަށް ވިއްކަމުން އައި ސިމެންތި ބަސްތާއެއްކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރ1500/- އަށް ވުރެއް މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށްވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެވޭނެކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓިއޯ އިން ބުނީ މިޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ. މި ސިމެންތި އަކީ5N) (BS EN 197-1:2011 CEMގްރޭޑް ގެ އޯ.ޕީ.ސީ ސިމެންތި އެކެވެ.

އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކަމުން އަންނަ ކުންފުންޏެވެ.

ޓެގު