English Edition
Dhivehi Edition

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިންގ ފެސްޓިވަލް ގައި ކުރިއަށް ދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގައޮ ބައިވެރިވުމަށް މިހާރުހުޅުވާލާފައިވާއިރު، މި ގޭމިން ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކާއި ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށް ވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރހާ ގޭމަރުންނަށް ދައުވަތު އަރުވާފައިވާއިރު، އުރީދޫ ނޭޝަން ދަ ގޭމާސް ލޭންޑް ގޭމިންގ ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގައި ހިމެނެނީ:

  1. ރޭސިން ސިމް ޗެލެންޖް

ވަރޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލާ އެހެން ކުޅުންތެރިންނާ ވާދަ ކުރާ ރޭސިން ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ފައިސައިގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނަ އަށް ދާ ފަރާތަށް 11،000ރ ގެ ފައިސާ ގެ އިނާމު، 2 ވަނަ އަށް ދާ ފަރާތައް 8،000ރ ގެ ފައިސާ ގެ އިނާމު އަދި 3 ވަނަ އަށް ދާ ފަރާތަށް 6،000ރ ގެ ފައިސާ ގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

  1. ކޮސްޕްލޭ

ކޮސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރެޖިސްޓަރ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމަރސް ލޭންޑް ގޭމިން ފެސްޓިވަލަށް އަންނަން ވާނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓަރ އެއްގެ ކޮސްޓިއުމުގައެވެ. 19 އަދި 20 އޮކޓޯބަރު ގައި މި ގޭމިންގް ފެސްޓިވަލްގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު 3 ޖަޖުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖް ކޮށް އެންމެ ފުރިހަމަ އަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

  1. އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)

ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅައިގެ ގޭމު ކަމަށް ވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24) ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށްވެސް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.

  • 1 ވަނަ އަށް ދާ ފަރާތަށް 20،000ރ ގެ ފައިސާ ގެ އިނާމު
  • 2 ވަނަ އަށް ދާ ފަރާތައް 10،000ރ ގެ ފައިސާ ގެ އިނާމު
  • 3 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު
  1. ޓެކްކެން މުބާރާތް

ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައި ވާ އިރު، މި މުބާރާތް ކުރިއަށް ދާނީ 19 އަދި 20 ވަނަ ދުވަހު އެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން 1 ވަނަ 2 ވަނަ 3 ވަނަ ހޯދާ ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

  • 1 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު
  • 2 ވަނަ އަށް ދާ ފަރާތައް 3،000ރ ގެ ފައިސާ ގެ އިނާމު
  • 3 ވަނަ އަށް ދާ ފަރާތަށް 2،000ރ ގެ ފައިސާ ގެ އިނާމު

މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ގޭމަރުންނަށް 15 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ގެ ކުރިން http://ore.do/gamersland މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 19އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގަ އެވެ. 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަރ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި ވާދަކުރާނެއެވެ.

ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމުތަކުގެ ތެރޭގައި 1 ވަނަ އަށް ދާ ޓީމަށް 50،000ރ ގެ ފައިސާ ގެ އިނާމު، 2 ވަނަ އަށް ދާ ޓީމަށް 20،000ރ ގެ ފައިސާ ގެ އިނާމު، 3 ވަނަ އަށް ދާ ޓީމަށް 10،000ރ ގެ ފައިސާ ގެ އިނާމު، 4 ވަނަ އަށް ދާ ޓީމަށް 5،000ރ ގެ ފައިސާ ގެ އިނާމު ގެ އިތުރުން 5 ވަނައިން ފެށިގެން 10 ވަނަ އަށް ދާ ޓީމުތަކަށް 1،500ރ ގެ ފައިސާ ގެ އިނާމު އަދި 11ވަނަ އިން ފެށިގެން 16 ވަނަ އާއި ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000ރ ގެ ފައިސާ ގެ އިނާމު ވަނީ ހަމަ ޖެހިފައެވެ.

މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސްއަށް ޑާންސް ކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ. ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭށަންގެ އިތުރުން ފޮޓޯ ބޫތުއެއްވެސް ހިމެނިގެންދާނެއެވެ.

ޓެގު