ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 6 ވަނަ ބައިގައި މިގެނެސްދެނީ ދިވެހިންގެ މެދުގައި މިފަހަކަށް އައިސް އާންމުކޮށް ފެންނަމުންދާ ބައްޔެއް ކަމަށްވާާ އުރަމަތީގެ ކެންސަރާއި ގުޅޭ މައުލޫމާތުތަކެކެވެ.
އޮކްޓޫބަރ މަހަކީ އުރަމަތީގެ ކެންސަރާއި ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމުގެ މަސް ކަމަށް ވާތީވެ މި ސެގްމެންޓް ޚާއްޞަ ކޮށްލަނީ މިމައުޟޫއަށެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ. ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަބައެއް ބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.
އުރަމަތީގެ ކެންސަރަކީ ކޮބާ؟
އުރަމަތީގެ ކެންސަރ، އުފެދެން ދިމާވަނީ އުރަމަތީގައި ހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް، ހިފެހެއްޓުމެއް ނެތްގޮތަކަށް ބޮޑުވާން ފެށުމުންނެވެ.
އާންމު ގޮތެއްގައި ފެންނަ އުރަމަތީގެ ކެންސަރު ބެހިފައިވަނީ ދެވައްތަރަކަށެވެ.
– ޑަކްޓަލް ކާސިނޯމާ: ކިރުގެ ޑަކްޓްތަކުން އުފެދޭ ވައްތަރެއް
– ލޮބިއުލާ ކާސިނޯމާ: ކިރުއުފައްދައިދޭ ގްލޭންޑުން އުފެދޭ ވައްތަރެއް
އުރަމަތީގެ ކެންސަރު ޖެހެން ދިމާވާ ސަބަބު ތަކަކީ ކޮބާ؟
މައިގަނޑު ސަބަބެއް އަދި ހޯދިފައި ނުވާހިނދު ދިރާސާތަކުން ދައްކާ ގޮތުން ފާހަގަ ކުރެވޭ ބައެއް ސަބަބުތައް ބަޔާންކޮށްލާނަމެވެ.
* އަންހެނަކަށް ވުން (ނަމަވެސް %1 ފިރިހެނުން މެދުގައި ފެންނަކަމަށް ދިރާސާތަކުންދައްކާ)
* އުމުރުން ދުވަސްވުން ( އާންމުގޮތެއްގައި 50 އަހަރުން މަތީ ، ނަމަވެސް ދިވެހިރާއްޖޭގައި މިއަށްވުރެ ހަނގުއުމުރުފުރައިގައި ވެސް ފެންނަކަމަށް ފާހަގަކުރެވިފައިވޭ)
* ގާތްތިމާގެ ފަރާތްތަކުގެ މެދުގައި އޯވަރީ ނުވަތަ އުރަމަތީގެ ކެންސަރު ފެނިފައިވުން (މަންމަ، ދައްތަ، ބޮޑުދައިތަ)
* ވާރުތަކުރާ ޖީން (ބީ.އާރ.ސީ.އޭ 1 އަދި 2 ) ގައިގައި ހުރުން
* 12 އަހަރު ވުމުގެ ކުރިން މައްސަރު ކަންތައް ފެށުން ނޫނީ 55 އަހަރަށް ވުރެން ފަހުން އިއްދައިން ކެނޑުން
* އަމިއްލަ އިޚްތިޔާރުން ބަދަލު ގެނެވިދާނެ ކަންކަން:
– ހެލިފެލިވެ އުޅޭމިންވަރު މަދުވުން
– ބީ.އެމް.އައި (އިސް ކޮޅާ އަޅާ ހުންނަން ޖެހޭ ބަރުދަން) މަތިވުން
– ބަނގުރާ ބުއިން
– ގިނަމުއްދަތަކަށް ދޭތެރެދުރުކުރާ ބޭސް ބޭނުންކުރުން
– ގާތުން ކިރު ނުދެވުން
– ކުދިން ހޯދާ އުމުރުފުރާ މަތިވުން
ފެންނާނެ އަލާމާތްތަކަކީ ކޮބާ؟
* ތަދުނުވާ ހަރު ގަނޑުކޮޅެއް ނޫނީ ދުޅަކަމެއް ފެނުން
* އައިބުކަމެއް އިހްސާސުވުން- ދެފަރާތުގެ ތަފާތެއް ފެނުން
* ވައްގަޑަށް އަންނަ ބަދަލުތައް:
– ރިއްސުން
– އެއްޗެއް އައުން – ހުދުކުލަ ނޫނީ ލޭ ކުލައިގައި
– އެތެރެއަށް ވަދެފައި ހުރުން
* ހަންގަޑަށް އަންނަ ބަދަލު ތައް:
– ރޫޖެހިފައި ހުރުން ނޫނީ އޮރެންޖު ތޮށިގަނޑެއް ފަދައިން ހުރުން
– ބޯވެ، ކުރަކި ވެ ނޫނީ ރަތް ވެ ބަދަލުތަކެއް އައުން
އުރަމަތީގެ ކެންސަރު ދެނެގަންނާނީ އަދި ސްކްރީން ކުރާނީ ކިހިނެއް؟
ސްކްރީން ކުރުމުގެ އަމާޒަކީ ބައްޔެއްގެ އަލާމާތްތައް ފެނުމުގެކުރިން ބަލީގެ އެންމެ ކުރީކޮޅު އެބައްޔެއް، ހާއްސަވަސީލަތްތަކެއް ބޭނުންކޮށްގެން ދެނެގަތުމެވެ.
– ކުރިން އުރަމަތީގެ ކެންސަރ ޖެހިފައި ނުވާ، އާއިލާގައި މަންމަ، ބޮޑުދައިތަ، ދައްތަ ފަދަ މީހެއް އުރަމަތީގެ ކެންސަރަށް ފަރުވާކޮށްފައި ނުވާމީހުން
-އަދި އެނގޭ އެއްވެސް ވާރުތަކުރާ ޖީން ( ބީ.އާރް.ސީއޭ ޖީން) ނުވާ މީހުން
– އުމުރުން 30 އަހަރުގެ ކުރިން މޭގެ އެއްވެސް ހިސާބަކަށް ރޭޑިއޭޝަން ލިބިފައި ނުވާ މީހުން
ސްރީންކުރުމަށް މޭމޯގްރާމް ހެދުމަށް މި ގްރޫޕް ގައި ލަފާ އެރުވިފައިވާ ގޮތަކީ:
40-44 ދެމެދުގެ އުމުރުފުރައިގެ އަންހެނެއްނަމަ އަހަރަކު އެއްފަހަރު މެމޯގްރާމް އެއް ހެދުމުގެ އިހްތިޔާރުވޭ
45-54 ދެމެދުގެ އުމުރު ފުރައިގެ އަންހެނެއްނަމަ މެމޯގްރާމް އަހަރަކު އެއްފަހަރު ހަދަން ބާރުއަޅާ
އުމުރުން 55 އަހަރާއި، އެއަށްވުރެ ދޮށީ އުމުރުގެ އަންހެނެއްނަމަ މެމޯގްރާމްއެއް ބޭނުން ކޮށްގެން ސްކްރީން ކުރުން ދެއަހަރުން އެއްއަހަރު ނޫނީ އަހަރަކު އެއްފަހަރު ހެދުންވެސް އެންމެ ރަނގަޅު
މިގްރޫޕްގައި ހިމެނޭ އަންހެނުން އަހަރަކު އެއްފަހަރު އެމް.އާރް.އައި. އަދި މެމޯގްރާމްގެ އެހީގައި އުރަމަތި ޗެކްކުރަން ވާނެއެވެ. ސްކްރީން ކުރަން ފައްޓަން ވާނީ އުމުރުން 30 އަހަރުން ފަށައިގެންނެވެ.
މިއީ ކުރީގައި 1 ގައި ބަޔާން ކުރެވުނުކަންކަން ހުންނަފަރާތްތަކެވެ.
މިއީ މިކަމަށް ޚާއްސަ ކުރެވިފައިވާ އެކްސްރޭ މެޝިނެއްގެ އެހީގައި ނެގޭ އުރަމަތީގެ އެކްސްރޭ އެކެވެ. ދެވައްތަރެއްގެ މެމޯގްރާމްގެ ޚިދުމަތް މިހާރު ދިވެހިރާއްޖޭގައި ލިބެން ހުރެއެވެ. އެއީ 2ޑީ އަދި 3ޑީ(ޑިޖިޓަލް ޓޯމޯސިންތެސިސް) އެވެ.
މޭމޯގޮރާމް ހަދަން އެންމެ ރަނގަޅީ ދަރިމައިވާ އުމުރުގަނަމަ، މައްސަރުގެ10 ވަނަ ދުވަހުގެ ފަހުންނެވެ. މިއީ މައްސަރުގެ ދުވަސް ތަކުގެ ތެރޭގައި ހޯމޯނާގުޅި އުރަމައްޗަށް އަންނަ ބަދަލުތަކުން ބަލީގެ އިމޭޖިން އަލާމާތްތައް ފެނުމަށް ބުރޫއަރާނެތީވެއެވެ.
މިއީ, މެގްނެޓިކް ފީލްޑެއް އަދި ރޭޑިއޯ ފްރީކުއަންސީ ބޭނުން ކޮށްގެން ހެދޭ އުރަމަތީގެ ސްކޭން އެކެވެ. މިއީ އުރަމަތީގެ ފައިބްރޯގްލޭންޑިއުލާ ޓިޝޫ ބޯނަމަ، މެމޯގްރާމްގައި އިމޭޖިންއިން ފެންނަ އަލާމާތްތައްފެނުމުގެ ފުރުސަތު ކުޑަވުމުން އިތުރުން (ސަޕްލިމްންޓްރީކޮށް) ކުރެވޭ ސްކޭން އެކެވެ. ނޫނީ އިތުރުން އިމޭޖިންގެ އަލީގައި ސިފަކުރަން ޖެހިދާނެ ޚާލަތް ތަކުގައި ބޭނުން ކުރެވިގެންދާ ވަސީލަތެކެވެ.
މިއީ, އަލްޓްރާ ސައުންޑު ބޭނުން ކޮށްގެން ހެދޭ އުރަމަތީގެ ސްކޭން އެކެވެ. މިއީ އުރަމަތީގެ ފައިބްރޯގްލޭންޑިއުލާ ޓިޝޫ ބޯނަމަ، މެމޯގްރާމްގައި އިމޭޖިންއިން ފެންނަ އަލާމާތްތައްފެނުމުގެ ފުރުސަތު ކުޑަވުމުން އިތުރުން (ސަޕްލިމްންޓްރީކޮށް) ކުރެވޭ ސްކޭން އެކެވެ. ނޫނީ އިތުރުން އިމޭޖިންގެ އަލީގައި ސިފަކުރަން ޖެހިދާނެ ޚާލަތް ތަކުގައި ބޭނުން ކުރެވިގެންދާ ވަސީލަތެކެވެ. މިވަސީލަތަކީ 40 އަހަރުން ދަށުގެ މީހުންނަށް އަދި ބަންޑުބޮޑު ދުވަސް ވަރު އުރަމަތިން ފެންނަ ދުޅަ އެއް ނޫނީ އުރަމަތީގެއެހެން އަލާމަތެއް ފެނިއްޖެ ހާލަތްތަކުގައި ބޭނުން ކުރެވޭ ވަސީ ލަތެކެވެ.
އުރަމަތީގެ ކެންސަރު ދެވޭ ފަރުވާއަކީ ކޮބާ؟
ފަރުވާ ބެހިގެންވަނީ ދެބަޔަކަށް:
1- ކުރެވޭ އޮޕަރޭޝަން:
– ގަނޑުކޮޅު ނެގުން
– އުރަމަތި ނެގުން އަދި ރީކޮސްޓްރަކްޓްކުރުން
– ކީމޯ ތެރަޕީ
– ރޭޑިއޭޝަން ތެރަޕީ
– ހޯމޯނަލް ތެރަޕީ
އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތްތައް އަދި ފެތުރިފައިހުންނަ މިންވަރު މިއީ ދޭދޭ ފަރުދެއްގެ ދެމެދުގައި ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (ސާޖަން-އޮޕަރޭޝަން ޑޮކްޓަރުން ނޫނީ ކެންސަރުބަލިތަކަށް ހާއްސަވެފައިވާ ޑަކްޓަރުންކަމަށް ވާ އޮންކޮލޮޖިސްޓް/އޮންކޮސާޖަން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.
އުރަމަތީގެ ކެންސަރަކީ ބަލީގެ ކުރީ ކޮޅު ދެނެގަނެވި ފަރުވާ ދެވިއްޖެ ކަމުގައި ވަނީނަމަ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. ވުމާއި އެކު ސްކްރީން ކުރުމަށް އަހަމިއްޔަތުކަން ދިނުމަކީ ވަރަށް މުހިންމު ކަމެވެ.