މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި 16:00އާ ހަމައަށް 78.32 ޕަސެންޓް މީހުން ވޯޓުލައިފިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް އިން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިހާތަނަށް 221،496 މީހުންވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 111،273 އަންހެނުންނާއި 110،223 ފިރިހެނުންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު 8:00އިން 17:00އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282,804އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.
މި ބުރުގައި ވާދަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.