English Edition
Dhivehi Edition

ޖިިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ގުރޫޕުތަކަށް ނިސްބަތްވާ މީހުން ބައެއް މީހުންނަށް އިންޒާރުދީ ބިރު ދެއްކުމާއި، ރިޔާސީ އިންތިޚާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް މީހުންނަށް ހަމަލާ ދިނުން ފަދަ މައްސަލަތައް މިއަދު ރިޕޯޓުކޮށްފައިވެެއެވެ.

“ޖިިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވެފައިވާ ކަމަށް ފުލުހުންނަށް ފާހަގަކުރެވުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުަގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން” ފުލުހުންގެ ބަޔާނުގައި ވެއެވެ.

ޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އޭގެ ތެރެއިން ޝަރީފަށް ހަމަލާ ދީފައި ވަނީ މާލޭގައި ހުންނަ މަންހަޓަން ބިޒްނަސް ހޮޓެލްގެ ތެރޭގައި ކަމަށްވާއިރު ނިހާދަށް ހަމަލާ ދީފައި ވަނީ ފޭދޫގައެވެ.

“މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.”. ފުލުހުން ވިދާޅުވިއެވެ.

އިއްޔެ ފުލުހުން ވަނީ، މިއަދު ވޯޓުލުން ނިމި، ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ފުލުހުންގެ އެލާޓްލެވެލް އޮންނާނީ އެންމެ މަތީގައި ކަމަށް ބުނެފައެވެ.