English Edition
Dhivehi Edition

މިއަދު ކުރިއަށްދާާ ރިޔާސީ އިންތިޚާބުގައި ވޯޓުލެއްވުމަށް ފަހު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ. މުއިއްޒު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން، އެ ހައްގު ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ. އަދި ކުރީފަހަރު ގިނަ އަދަދެއްގެ މީހުން ވޯޓުނުލާކަން ފާހަގަކުރައްވައި މުއިއްޒު ވަނީ ވީހާ ވެސް އަވަހަކަށް ވޯޓުލުމަށް އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ދެވަނަ ބުރު ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ހަވީރު 5:00 ޖަހަންދެން ވޯޓު ލުން ކުރިއަށް ގެންދާނެއެވެ.

ރިޔާސީ އިންތިހާބުގެ މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،803 މީހަކަށެވެ. މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އަދި މި ބުރުގައި ހުންނާނީ ޖުމްލަ 586 ވޯޓު ފޮއްޓެވެ.