English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލުމަކީ ހުތުރު ނިންމުމެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއިދުކުރުމަށް އެމްޑީއޭ ނިންމާފައިވާއިރު އެކަމާ ގުޅިގެން ޝިފާޒް ވިދާޅުވީ އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުންއައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި އަަމަލެއް ކަމަށެވެ.

ޕީޕީއެމް އިން ބުނީ އެމްޑީއޭ ގެ ނިންމުން ބަލައިގަންނަކަމަށް!

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހާއެކު ކޯލިޝަން ހަދައި، ގިނަ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ވެސް އެމްޑީއޭ އިން ބައިވެރިވެފައިވާއިރު އެ ޖަލްސާތަކުގައި އެޕާޓީގެ ރައީސް އަހްމަދު ސިޔާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށާ ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި އެކު ކެމްޕެއިން ހަރަކާތްތަކުން ސިޔާމް ‘ގެއްލުނު’ އިރު އެމްޑީއޭ އިން ވަނީ މި އިންތިހާބު ރައީސް ސޯލިހްއަށް ކާމިޔާބު ނުކުރެވޭނެކަމަށް ބުނެފައެެވެ.