ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ދުވަހުގެ އިރުއޮއްސި 6 އިން ރޭގަނޑު 8 އާ ދެމެދު މާލޭގައި ބަރު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ 30 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ، މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ.
މި ގޮތުން އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 08:00 އަށް ދުއްވުން މަނާކޮށްފައިވަނީ:
އިތުރަށް އެ މިނިސްޓްރީން ބުނީ މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެވަގުތުތަކުގައި ދުއްވުން މަނާވެފައިވުމުން އިސްތިސްނާ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އްއްވެސް ފަރާތަކުން މި އެންގުމާ ޚިލާފަށް ޢަމަލުކުރާނަމަ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ބުނެފައެވެ،