English Edition
Dhivehi Edition
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނޫރާނީ ސްކޫލުގައި ބެހެެއްޓުނު ފޮށީގެ ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްދަނީ/ ފޮޓޯ: އޭއޯ ނިއުސް

ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާތެރޭ ޖަމާކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލޭ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އިތުރުން ޓްރޭނަރުންނާއި، ކޯޑިނޭޓަރުންގެ އިތުރުން ލިއޭޒަން އޮފިސަރުންނަށް ވެސް މި ހަފުތާގެ ތެރޭގައި އެލަވަންސް ޖަމާވާނެކަމަށެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި މަސައްކަތްކުރި އޮފިޝަލުންގެ އެލަވަންސް ދިނުމަށް ކުރާ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ހަބީބް ވިދާޅުވިއެވެ،

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރި މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން 12 ވޯޓު ފޮށި ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.