English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު2023 ޓްވިޓަރ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މާދަމާ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އައަޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާދަމާ މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގައި އެ ސިޓީގެ ހުރިހާ އަވަށެއްގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން މުއިއްޒު ވަނީ ވަރަށް ގިނަ އަތޮޅުތަކަށް ވަޑައިގެންފައެވެ. މި ގޮތުން މިއަދު ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިރޭ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ‘މެކުހަށް’ ޖަހާފައިވާއިރު ‘ދިވެހިންގެ ރާއްޖެ’ ނަމުގައި މިއަދު މާލޭގައިވެސް ސައިކަލު ބުރެއް ބޭއްވުމަށް ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.