ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 5 ވަނަ ބައިގައި މިގެނެސްދެނީ ކޮނޑުހުޅުގައި ރިއްސުމާއެކު ހުޅުގެ ހަރަކާތްތައް ފުރިހަމައަށް ނުގެނެވޭ ފަރާތްތަކުގެ މެދުގައި ވަރަށް އާންމުކޮށް ފެންނަ ހާލަތެއް ކަމަށްވާ “ޓެންޑަން” އާއި ބެހޭ މައުލޫމާތު ތަކެވެ.
ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ
ކެލްސިފިކް ޓެންޑިނައިޓިސް އަކީ ކޮބާ؟
މިއީ “ޓެންޑަން” (މަސްގަނޑާއި ކަށިގަނޑު ގުޅުވައިދޭ، ކަނެކްޓިވް ޓިޝޫއިން އެކުލެވޭ މަޑު ޓިޝޫއެއް) އެއް ގައި ކެލްސިއަމްގެ މާއްދާ ޖަމާވުމުން، އެ ޓެންޑަން ދުޅަވެ އަންނަ ބަދަލުތަކަކަށް ކިޔޭނަމެކެވެ. އެންމެ ގިނައިން ކެލްސިއަމް ޖަމާވަނީ ކޮނޑުހުޅުގައެވެ.
ދިވެހިރާއްޖެގައި ވެސް މިހާލަތަކީ ކޮނޑުހުޅުގައި ރިއްސުމާއެކު ހުޅުގެ ހަރަކާތްތައް ފުރިހަމައަށް ނުގެނެވޭ ފަރާތްތަކުގެ މެދުގައި ވަރަށް އާންމުކޮށް ފެންނަ ހާލަތެކެވެ.
ކޮނޑުހުޅުގައި މިހާލަތު ދިމާވާ ސަބަބު ތަކަކީ ކޮބާ؟
މައިގަނޑު ސަބަބެއް އަދި ހޯދިފައި ނުވާހިނދު ދިރާސާތަކުން ދައްކާ ގޮތުން ފާހަގަ ކުރެވޭ ބައެއް ސަބަބުތައް ބަޔާންކޮށްލާނަމެވެ.
* ގިނަދުވަސްތަކެއްވަންދެން ގިނަވަގުތު އަތްމައްޗަށް ނަގައިގެން ކުރާމަސައްކަތް (މިސާލަކަށް ބަރުތަކެތި އެއްތަކުން އަނެއްތަނަށް އުފުލާކަހަލަ) ނުވަތަ ކުޅިވަރުހަރަކާތުގައި (މިސާލަކަށް ބާސްކެޓްބޯލް، ޖިމްގައި ބަރުއުފުލާ ފަރާތްތައް) ނޭނގި ލިބޭ ކުދި ކުދި ހާނިއްކަތަކުގެ ސަބަބުން (މައިކްރޯ ޓްރޯމާ).
* އުމުރުމަތިވާވަރަކަށް އަންނަ ބަދަލުތަކުން – މިހާލަތު ގިނައިން ފެންނަނީ 30 އަހަރުން މަތީގެފަރާތްތަކުގައި އަދި އަންހެންނުންގެ މެދުގައި ގިނައިންފެންނަ ކަމަށް ދިރާސާތަކުން ދައްކައެވެ.
* ގައިންގަޔަށް ނާރަ ބަލިތައް ކަމުގައިވާ ހަކުރު ބަލި އަދި ތައިރޮއިޑްގެ މައްސަލަތަށް ހުންނަފަރާތްތަކުގެ މެދުގައި
ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟
– 20% މީހުންގެ ކެލްސިއަމް ޖަމާވެފައި ހުރިކަމުގައިވީނަމަވެސް އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެ
– އެއްވެސް ހާނިއްކައެއްނުވެ ކުއްލިއަކަށް ކޮނޑުގައި ރިއްސަން ފެށުން – ގިނަފަހަރަށް ތަދުގެން ނިދިން ހޭލެވޭކަން ފާހަގަކުރެވިފައިވޭ
– ކޮންޑުގެ ހަރަކާތްތަކާ އެކު ގަދަ ތަދު އިހުސާސުވުން
– ކޮންޑުގައި ކެލްސިއަމް ޖަމާވެފައިވާ ތަނުގައި އަތްލާ ފިއްތާލުމުން ތަދުބޮޑުވުން
– ކޮންޑުހުޅާއި އަތުގެ ހަރަކާތް ކުރަން އުންދަގޫވުން
– ތަދުވާފަރާތަށް ނިދަން ނޯވެވުން ނުވަތަ ތަދު ބޮޑުވުން
ކެލްސިފިކް ޓެންޑިނައިޓިސް ދެނެގަންނާނީ ކިހިނެއް؟
– މިއީ އެކްސްރޭ ރޭޑިއޭޝަންގެ ނުރަގަނޅު ދޯދިގެ އަސަރު ނުލިބޭ ފަސޭހަކަމާއި އެކު ޓެންޑަންގައި ކެލްސިއަމް ޖަމާވެފައި ހުރިކަން ދެނެގަނެވޭ ވަސީލަތެކެވެ. މިގޮތުން ކެލްސިމް ޖަމާވެފައި ހުރީ ކޮނޑުހުޅުގައި އެކުލެވޭ ކޮން ޓެންޑަންއެއްގައި ތޯ، ކެލްސިއަމްގެ ސައިޒާއި އަދަދު އެހެންމެ ޓެންޑަންއަށް އައިސްފައިވާ ބަދަލު (ދުޅަވެފައި ނުވަތަ އިރައިގެންގޮސްފައި) ދެނެގަނެވެއެވެ.
– ސައިޒުން ބޮޑުކޮށް ޖަމާވެފައި ހުންނަ ކެލްސިއަމް ފެނުމާއި އެކުއެކީ ކޮނޑުހުޅުގެ ކަށިތައް ބަލާލެވޭނެއެވެ.
ކެލްސިމް ޖަމާވެފައި ހުރީ ކޮނޑުހުޅުގައި އެކުލެވޭ ކޮން ޓެންޑަންއެއްގައި ތޯ، ކެލްސިއަމްގެ ސައިޒާއި އަދަދު އެހެންމެ ޓެންޑަންއަށް އައިސްފައިވާ ބަދަލު (ދުޅަވެފަ ނުވަތަ އިރައިގެންގޮއްސަ) އަދި ކޮނޑުހުޅަށް އައިސްފައިވާ ބަދަލު ދެނެގަނެވެއެވެ. ނަމަވެސް ޖަމާވެފައިހުންނަ ކުދި ކުދި ކެލްސިއަމް މިވަސީލަތުން އަލްޓްރާސައުންޑާ އެއްވަރަށް ނުފެނިދާނެއެވެ.
ކެލްސިފިކް ޓެންޑިނައިޓިސްއަށް ދެވެނީ ކޮންފަރުވާއެއް؟
ފަރުވާ ބެހިގެންވަނީ ހަތަރު ބަޔަކަށެވެ.
1- ދެވޭ ބޭސް- ތަދުކަނޑުވާ އަދި ދުޅަތިރިކުރާ
2.ފިޒިއޮތެރަޕީ- އަލްޓްރަސަންޑް ތެރަޕީ، އެކްސްޓްރާ ކޮރްޕޯރަލް ޝޮކްތެރަޕީ
3-ކުދިކުދި ޕްރޮސީޖަރ-
ހ. “ބާބޮޓާޖް” – އަލްޓްރާސައުންޑް ސްކޭނުން ބަލައިގެން ޖަމާވެފައިވާ ކެލްސިއަމް ސިރިންޖަކުން ފުނޑުކޮށް ދަމާލާ ކުޑަ ޕްރޮސީޖަރެއް
ށ. ސްޓެރޮއިޑް އިންޖެކްޝަން ޖެހުން
4- އަދި މިކަންކަމުން ރަނގަޅު ނުވަނީނަމަ ކުރެވޭ އޮޕަރޭޝަން- އާތްރަސްކޮޕިކް ސާޖަރީ
އިސްވެބަޔާން ކުރިގޮތަށް ހުރިހާ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (ޓެންޑަން އިރައިގެންދިއުން، “ފްރޯޒަން ޝޯލްޑަރ ފަދަ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގައި ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (ކަށީގެ ޑޮކްޓަރުން-އޯތޯޕީޑިޝަން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.
އެކްސްޓްރާ ކޮރްޕޯރަލް ޝޮކްތެރަޕީ ދެވެނީ – މި ހިދުމަތް ދެއްވާނީ ފިޒިއޮތެރަޕިސްޓުން
ޑޮކްޓަރަކާ މަޝްވަރާކުރެވެންދެން ގޭގައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި އައިސްފެނުން ބޮނޑިތާންކުރުން، ތަދުކަނޑުވާ ބޭސް އުނގުޅުން އަދި އަތުގެ ހަރަކާތް މަދުކުރުން (ސްލިންގެއް ބޭނުންކުރެވިދާނެ) ހިމެނެއެވެ.