English Edition
Dhivehi Edition
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅާފައިވާ ގަރާރު މިހާރު އޮތް ގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ އިލްޔާސްގެ ގަރާރަކީ ގާނޫނުއަސާސީގެ 261 ވަނަ މާއްދާ އާއި 262 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލައާ ގުޅުންހުރި ގަރާރެއް ކަމަށެވެ.

މި ގޮތުން އެ ގަރާރުގައިވާ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފާސްކުރާ ބިލު ގާނޫނަކަށް ވާނީ ރައީސް އެ ބިލެއް ތަސްދީގުކުރުމުންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އުމުރާ އަދި ރައީސް އިންތިހާބުކުރެވޭ ގޮތަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު،ރައްޔިތުން ފެންނަ ކަމަށް ވޯޓު ދީފި ނަމައެވެ،

އެހެން ކަމުން ގާނޫނު އަސާސީގެ މި ދެ މާއްދާ އާއި ހަވާލާދީ ޝަރީފް ވިދާޅުވީ މަޖިލީހުން ފާސްކުރާ ފާސްކުރުން ރައްޔިތުން ބަލައިނުގެންފި ނަމަ، އެ ނިންމުމެއް ބާތިލުވާނެ ކަމަށެވެ.