English Edition
Dhivehi Edition
އެމްޑީޕީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރު - ފޮޓޯ: ރާއްޖެއެމްވީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު މިއަދު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ސަރުކާރުން އޮޅުވާލައިގެން ވަގު ފޯމުތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެކަމަށް ހިތްވަރުދީ، އެ ހައްގުގެ ބޭނުން ހިފާތީ އުފާ ކުރަންވީވަރުގެ ކަމެއްކަމަށް އަނަސް ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތުގައި 25،000 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައެވެ.