English Edition
Dhivehi Edition
ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބުރާހީމް. ފޮޓޯ: މިހާރު

ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވާ ކޮންމޭ މީހަކީ އަދުލުވެރިއެއް ނޫންކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ނިޔާޒު އިބުރާހީމް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު ކުރެއްވި ފޭސްބުކް ؛ޕޯސްތުގައި ވިދާޅުވީ ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވާ ކޮންމެ މީހަކީ އަދުލުވެރިއެއްވެސް ނޫންކަމަށާއި އަދި އިންސާފުވެރިއެއް ވެސް އަދި އަމާނާތްތެރިއެއްވެސް ނޫންކަމަށެވެ. އަދި ފަތިސްނަމާދުހެ ޖަމާއަތުގައި މުނާފިގުންވެސް ބައިވެ އުޅުނު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ މިބަހުގެ މައުނައަކީ އެއްވެސް މީހަކީ މުނާފިޤެއްކަމަށް ބުނަނީ ނޫންކަމަށާއި ބައެއް މީހުންނަށް އޮޅުން އަރާފަ އޮންނާތީ ހަމަ ބުނެލީކަމަށެވެ.

” ފަތިސް ނަމާދު ޖަމާޢަތުގައި ބައިވެރިވާ ކޮންމެ މީހަކީ އުދުލުވެރިއެއްވެސް ނޫން، އިންސާފުވެރިވާނެ މީހެއްވެސް ނޫން އަދި އަމާނާތްތެރިއެއްވެސް ނޫން. މުނާފިޤުންވެސް ފަތިސްނަމާދު ޖަމާޢަތުގައި ބައިވެރިވެ އުޅުނު. އެއްވެސް ހާލެއްގައި މިވެނި މީހަކީ މުނާފިޤެކޭ ބުނަނީއަކީ ނޫން. ބައެއް މީހުންނަސް އޮޅިފަ އޮތީމަ ހަމަ ބުނެލީ.” ނިޔާޒު ކުރެއްވި އެފްބީ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނިޔާޒް އިބުހާހީމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮޑިޓަ ޖެނެރަލް ކަން ކުރެއްވި ބޭފުޅެކެވެ. އޭރުގެ ރައީސް ޔާމީން ސަރުކާރުގެ ޚިޔާނާތްތަކެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާއެކު ޤާނޫނަށް ގެނައި އިސްލާހަކުން ނިޔާޒް ވަނީ މަޤާމުން ވަކިކޮށްފައެވެ.

އަދި މަޤާމުން ވަކިކުރި ފަހުން ވެސް އޭނާ ގެންދެވީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ރައްޔިތުންނަށް ހާމަ ކޮށްދެއްވަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ނިޔާޒް ވަނީ ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލު ކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވާފައެވެ. ނިޔާޒް އެނބުރި ރާއްޖެ ވަޑައިގަތީ މިހާރުގެ ސަރުކާރު އައިފަހުންނެވެ.

4 ކޮމެންޓް
ސިން
ސެޕްޓެމްބަރު 27, 2023
ކަލޭ ޢަނގަ ނގނޅ ހުރޭ.
ފ
ސެޕްޓެމްބަރު 15, 2023
މީނައަކީ ހުރިގޮތައް ހުރިދެފުއް ކެހެރިއެއް ޔާމީން ވެރިކަމުގަ ރިސްވަތުގެ ބޮޑުތުހުމަތު ތަކެއްގަ މަގާމުން ވަކިކޮއްލުމުން މުޖުތަމައުން އެކަހެރިވެ ވައިވެގެން އުޅޭ ކުޅަދުރެއް އެއީ
EegathHag
ސެޕްޓެމްބަރު 15, 2023
This man just lost his narbles after seeing this election. How he got his riches is not a big secret. This man is a selfish crook
އޮޑިޓަރައްކޫ
ސެޕްޓެމްބަރު 14, 2023
ތިޔަ ވާހަކަ ދެއްކުނީ ދައްކަންޖެހޭ ވަގުތަކު ނޫން. މާލަސްވީމާ އެއީ އަދުލުވެރި ގޮތަކަށް ނުވާނެ.