English Edition
Dhivehi Edition
ފޮޓޯ: ދެން

ވެރިކަން ކުރާ މައިޕާޓީ އެމް.ޑީ.ޕީގެ ފަރާތުން ޕޯޑިއަމްތަކުގައި ޕީޕީއެމް ޕީއެންސީ ކެންޑޭޓް ޑރ. މުހައްމަދު މުއިއްޒުއޭ ހަރުކަށި ފިކުރޭ ކިޔައިގެން ތިޔަ ދައްކާ ހަމަނުޖެހޭ ވާހަކަ ތަކުން އެމަނިކުފާނަށް އޮތް ތާއީދު އިތުރުވުން ނޫންކަމެއް ނުވާކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ އެކްސް ޕްލެޓްފޯމުގައި މިއަދު އާންމުކުރެއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ޝައިޚް ވިދާޅުވީ އިދިކޮޅު ޕާޓީ އެމްޑީޕީން ޕޯޑިއަމުތަކުގައި ޑރ. މުއިއްޒުއޭ ހަރުކަށި ފިކުރޭ ކިޔައިގެން ފަސާދަވެރި ވާހަކަތަކުން ޑރ. މުއިއްޒުއަށް އޮތް ތާޢީދު އިތުރުވުން ނޫންކަމެއް ނުވާކަމަށް އެމް.ޑީ.ޕީ ފަރާތުން ޕޯޑިއަމްތަކުގައި ހަމަނުޖެހޭ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް ދަންނަވާކަމަށެވެ. ހަމަ ދައްކާވަރަކަށް ތާއީދު ދަނީ މައްޗަށް ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

“އެމް.ޑީ.ޕީ ފަރާތުން ޕޯޑިއަމްތަކުގައި ހަމަނުޖެހޭ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް ދަންނަވާލަން އޮތީ މުޢިއްޒޭ ހަރުކަށި ފިކުރޭ ކިޔައިގެން ތިޔަ ދައްކާ ފަސާދަވެރި ވާހަކަތަކުން މުޢިއްޒަށް ތާއީދު އިތުރުވުން ނޫންކަމެއް ނުވެއެވެ! ހަމަ ދައްކާވަރަކަށް ތާއީދު ދަނީ މައްޗަށެވެ. މާޝާ ﷲ!.” އެކްސް ޕްލެޓްފޯމުގައި ޝައިޚް އާންމުކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ސައިޚް އަލީ ޒައިދަކީ މީގެ ކުރިން މިހާރު މިއޮތް ރައީސް ޞާލިހު ނިސްބަތްވެެވަޑައިގަންނަވާ އެމްޑީޕީ ސަރުކާރަށް ތާއީދުކުރައްވާ ގިނަ ވާހަތަކެއް ދައްކަވާފައިވާ ބޭފުޅެކެވެ. އެގޮތުން ޓްވީޓާގައާއި ފޭސްބުކް ފަދަ ޕްލެޓްފޯމުތަކުގައި ޝައިޚުވަނީ މިހާރުގެ ސަރުކާރަށް ތާއީދުކޮށް، އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ރައްދުކުރައްވާފައެވެ.

އަދާލަތު ޕާޓީއަށް ނިޝްބަތްވެވަޑައިގަންނަވާ ޝައިޚް އަލީ ޒައިދު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުގެ ކުރިން މިމަހުގެ ގަތްވަ ދުވަހުގައެވެ.