English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާޕެނެލް ތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:10 ހާއިރުކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާ އެހެންނަމަވެސް ޓެކްސީ އަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވާކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި އެކްސިޑެންޓް ހިނގީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.