English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫސިޓީގެ ހުޅުދޫގައި ބަހައްޓާފައި ހުރި ފޮށިތަކުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި އޮތީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު އެވެ.

ދަ ޑިމޮކްރެޓިކްގެ ޓިކެޓްގައި ވާދަ ކުރައްވަވާ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އުފަން ރަށުން އިލްޔާސް އަށް ލިބިލެއްވެވީ 3 ވަނަ އެވެ.

ހުޅުދޫގައި ބަހައްޓާފައި ހުރި ފޮށިތަކުން ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އެވެ.

މިއަދު ކުރިއަށް ގެންދިޔަ ވޯޓުލުމުގައި ހުޅުދޫގައި ބަހައްޓާފައި ހުރި ފޮށީގެ ޢަދަދަކީ 2 އެވެ.

އެއީ S01.1.1 އާއި S01.1.2 އެވެ.

S01.1.1 އަށް 342 މީހުން ވޯޓުލާން ޝަރުތު ހަމަވާއިރު އެ ފޮއްޓަށް އަޅާފައިވަނީ 231 ވޯޓެވެ.

S01.1.2 އަށް ޝަތުރު ހަމަވާ 387 މީހުން ތިބި އިރު ވޯޓުލާފައިވަނީ 241 މީހުންނެެވެ.