English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގައި ސިއްރުކަން ކަށަވަރު ނުވާ ކަމަށް މިހާތަނަށް 3 އިންސައްތަ މަރުކަޒުން ރިޕޯޓު ކުރެވިފައިވާތީ އެ ފޮށިތައް ގާތުން ބަލަމުންދާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ވޯޓްރާސްޕޭރެންސީން ބުނީ ހުރިހާ މަރުކަޒެއްގައި 9 ޖަހަންވާއިރަށް ވޯޓުލުން ފެށިފައިވާ ކަމަށާއި 86 އިންސައްތަ މަރުކަޒުތަކުގައި ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓު ތެރޭ ވަނީ ވޯޓުލުން ފެށިފައިކަމަށެވެ.

އަދި ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވޯޓުލާ މަރުކަޒުތަކެއްގައި ހާޒިރުވެ ތިބިއިރު 96 އިންސައްތަ މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުން ބޭރުގައި ކަމަށްވެސް ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ވޯޓުލުން ފެށިގެން ކުރިއަށްދާ ގޮތަށް ބަލައި މިހާތަނަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮބްޒާވަރުންނަށް ފާހަގަކުރެވޭ ކަންކަމާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޖުމްލަ ގޮތެއްގައި ވޯޓު ލުމުގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.