މިިއަދު ހެނދުނު ފެށި ރިޔާސީ އިންތިހާބު ގައި ވޯޓުލާ ގަޑި އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުނ ވިދާޅުވެ ގަޑިއަށް ފޮށިތައް ބަންދުކޮށް ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ހެނދުނު ވޯޓުލުން ފެށީ 8:00 ގައެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ ކަމަަށެވެ. އަދި 4:00ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި 4:00 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ.
އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އާބާދީގެ %58 އާ ހަމައަަށް ވޯޓު ލާފައިވާ ކަމަށް ދައްކައެވެ.