English Edition
Dhivehi Edition
ފޯޓޯ: ފުލުހުން

ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހި ހުޅުމާލޭގައި ޒުވާނަކު މަރުވި މައްސަލައިގައި އެ ކާރު ދުއްވަން އިން ޒުވާނާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ރޭ 2:48 ހާއިރު ހިނގި މި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ، ވައެލެޓް ފެހި، ސ. ހިތަދޫއެވެ.

މި ހާދިސާގައި މަރުވެފައި، ޕްރިޒަންސް ލާންސްކޯޕްރަލް އަހްމަދު ސަމާހުއެވެ.

ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލްޕާކު ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 02:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.