English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް: ފޮޓޯ ވީ ނިއުސް

ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހި ހުޅުމާލޭގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ރޭ ހިނގި މި އެކްސިޑެންޓުގައި ނިޔާވީ ކަރެކްޝަންގައި މަސައްކަތް ކުރާ އޮފިސަރެއްކަމަށްވާ ލ.އިސްދޫ ބީޗް ހައުސް ހަސަން ސަމާހުއެވެ.

ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލްޕާކު ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 02:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާއިރު ފުލުހުން ބުނީ މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.