English Edition
Dhivehi Edition
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕާފުޅު އަބްދުއްސަލާމް އަލީ

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕާފުޅު އަބްދުއްސަލާމް އަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި މަރުހޫމް އަބްދުއްސަލާމް އަލީ އަކީ، ހއ. ހޯރަފުށީގައި އިމާމުވެ ނަމާދު ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ރައްޔިތުންގެ އިހްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ހުލްގު ހެޔޮ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަރުހޫމް އަބްދުއްސަލާމް އަލީއަކީ، ހއ. ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.