English Edition
Dhivehi Edition
މާލޭ އިސްލާމީ މަރުކަޒުގައި 2019 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދުގައި ބައިވެރިވި ބައެއް މީހުން - ފޮޓޯ: ރައީސް އޮފީސް

މިއަދު މާލެ ސަރަަހައްދުގެ 12 މިސްކިތެއްގައި އިމާމުވެ، ހުކުރު ނަމާދުކުރީ ޒުވާން ހާތިބުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަން ފާހަގަކޮށް މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މިފަހުގެ ތާރީހެއްގައި އެންމެ ގިނަ ޒުވާން ހަތީބުން އިމާމުވެ ހުކުރު ނަމާދު ކުރި ދުވަސް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މިއީ މުޅިން ވެސް މި ސަރުކާރުން ކުރިއަށް ގެންދިޔަ ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމު ފުރިހަމަކުރި ޒުވާނުންކަން ފާހަގަކުރައްވާފައެވެ.

https://x.com/Mohamedshaheem1/status/1831968043200868492

މިއަދު، ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ޒުވާން ހަތީބުން އިމާމުވެ ނަމާދު ކުރިިއިރު މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފަށާފައެވެ.