English Edition
Dhivehi Edition

ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ފެނިފައި ވަނީ، މިފަހަރުގެ ރިޔާސީ އިންތިޚާބު އެއް ބުރުން އިންތިޚާބު ކާމިޔާބު ކުރެވޭތަން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސްގެ ކެމްޕޭން ޖަލްސާއަށް އެންމެ ފަހު ރަށަކަށް ކ. ހިންމަފުއްޓަށް މިއަދު ހަވީރު ވަޑައިގެން ރައީސް ވިދާޅުވީ ހިންމަފުށީގައި ވެސް އެންމެން އަރާ މި ތިބީ ހަމަ އެއް އޮޑިއެއްގައި ކަމަށާއި ކުރަމުން މި އަންނަ މަސައްކަތް ބަލައިގަންނަކަން އެންމެ ބޮޑަށް ފެންނަ އެއް ރަށަކީ މި ދާއިރާއިން ހިންމަފުށިކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އިޝާރާާތް ކުރައްވަވަމުން ރައީސް ވިދާޅުވީ “އިރާދަކުރެއްވިއްޔާ މާދަމާ ރެއަކީ އަޅުގަނޑުމެން މިކަމުގެ އުފާ ފާޅުކުރާނެ ރޭ،” ކަމަށެވެ.

ކެމްޕެއިން ދަތުރުތަކުގައި ރަށްރަށް ވަޑައިގެން ރައްޔިތުންނަށް ރައީސް ދެއްވި ޔަޤީންކަމަކީ މި ފަސް އަހަރެކޭ އެއްފަދައިން އަމާން ސުލްޙަވެރި ޤައުމެއްގެ ގޮތުގައި ދަމަހައްޓައިދެއްވާނެކަމެވެ. ހަމަނުޖެހުމާއި ނާމާންކަމުން ޤައުމު ސަލާމަތްކޮށްދީ ކޮންމެ ފިކުރެއްގެ މީހަކަށްވެސް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ޤައުމެއް ކަށަވަރުކޮށްދެއްވުމެވެ.