English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހިނގާލުމެއް މާލޭގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ

ޕީޕީއެމް/ޕީއެންސީން އިންތިޒާމު ކުރާ މި ހިނގާލުން ފަށާފައިވަނީ ހަވީރު 3:45 ގައެވެ. މުއިއްޒުގެ އިތުރުން ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި މިހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ކެމްޕޭން ނިންމުމަށް ގެނައުމަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މުއިއްޒު ވިދާޅުވެފައިވަނީ ޕީޕީއެމް ޕީއެންސީ އަބަދުވެސް އެންމެ ފުރަތަމަ އިސްކުރާނީ ޤައުމުކަމަށާ، އެކަން ފާއިތުވެދިޔަ މާޒީގައިވެސް ދައްކަވާފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުން ގޮތް ނިންމާއިރު މިކަންކަމަށް ވިސްނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްޤީއެއް ގެނެވޭނީވެސް އޭރުންކަމަށެވެ.

ރިިޔާސީ އިންތިހާބުގައި ވޯޓުލުން މާދަމާ ހެނދުނު ފެށޭއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ މުއިއްޒު ވަނީ ހުރިހާ ރައްޔިތުން ވެސް ވީހާވެސް ހެނދުނަކާ ނިކުމެ ވޯޓުގެ ކަންކަން ނިންމުމަށް އިލްތިމާސް ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ސުންގަނޑި ހަމަވާނީ މިއަދު އިރުއޮއްސި ހައެއް ޖަހަން ދެނެވެ. މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މާދަމާ އިރުއޮއްސި ހައެއްގެ ނިޔަލަށް ކެމްޕެއިން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.