English Edition
Dhivehi Edition

ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން 8:00 ޖެހިއިރު ފަށާފައިވާއިރު، އޭގެ ގަޑިއެއްހާ އިރު ކުރިން ފެށިގެން މީހުން ވަނީ ވޯޓުލުމަށް ކިއު އަށް އަރަން ފަށައިފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު 8:00އިން 17:00އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282,804އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.

މި ބުރުގައި ވާދަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަރު ނިންމާފައި ވަނީ 5:00ގެ ފަހުން ވޯޓުލާ ވަގުތު އިތުރު ނުކުރުމަށެވެ. އަދި ވޯޓު ފޮށި ބަންދު ކުރާތާ 30 މިނެޓް ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ.

މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،803 މީހަކަށެވެ.