English Edition
Dhivehi Edition

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބާއްވަވަން ޝެޑިއުލްކުރި ބައްދަލުކުރެއްވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ޕީޕީއެމް އިން ބުނީ މި ބައްދަލުކުރެއްވުން ފަސްކުރަން ޖެހުނީ މޫސުން ތަން ނުދޭތީ ކަމަށެވެ. އެހެންނަމަވެސް މޫސުން ތަންދޭނަމަ، މާދަމާ ރޭ މި ބައްދަލުކުރެއްވުން އޮންނާނެ ކަމަށް ބުންޏެވެ.

މިއީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓު މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށާއި ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލު ކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުން ބާއްވަން ރޭ ނިންމާފައިވަނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރެއްވީ 54 އިންސައްތަ ހޯއްދަވައިގެންނެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 46 އިންސައްތައެވެ.