English Edition
Dhivehi Edition
Saudi Arabia Foreign Minister Adel al-Jubeir speaks at a news conference at the Saudi Arabian Embassy in Washington, Friday, June 17, 2016. (AP Photo/Andrew Harnik)

ލުބްނާނު ސަލާމަތް ވުމަށް އޮތް ހަމަ އެކަނި ގޮތަކީ ހިޒްބުﷲ ޖަމާއަތް ހަތިޔާރު ތިރިކުރުން ކަމަށް ސައުދީ ޙާރިޖީ ވަޒީރު ވިދާޅު ވެއްޖެއެވެ.

ސައުދީ ޙަރިޖީ ވަޒީރު އިޓަލީގައި ހުންނަވާ ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ލުބްނާނު ސަލާމަތްވާ ނުވަތަ ކުރިއަރަން އޮތީ ހަމަ އެންމެ ގޮތެއް ކަމަށެވެ. އެއީ ހިޒްބުﷲ ޖަމާއަތުން ހަތިޔާރު ތިރިކުރުން ކަމުގައެވެ.

ހާރިޖީ ވަޒީރު، އާދެލް އަލް ޖުބެއިރު ވިދާޅުވި ގޮތުގައި މެދު އިރުމަތީގައި ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރަނީ އިރާނުން ކަމަށެވެ.

އިރާނަކީ މެދު އިރުމަތީގައި ސައުދީގެ ހަތުރެކެވެ. ސައުދީން ދެކޭ ގޮތުގައި މެދު އިރުމަތީގައި ގިނަ މައްސަލަތަށް އުފެދިފައިވަނީ އިރާނުގެ ސަބަބުންނެވެ. އެ ގޮތުން ޔަމަނުގައި ހޫތީންނަށް ސައުދީ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ހިޒްބުﷲއާއި އެހީތެރިވެދޭ ކަމަށް ސައުދީން ވަނީ ތުހުމަތު ކޮއްފައެވެ.

ޙާރިޖީ ވަޒީރު ޖުބެއިރު ވިދާޅުވި ގޮތުގައި ހޫތީންނަށް މުޅިގައުމެއްގެ ކޮންޓްރޯލު ދެވިގެން ނުވާނެ ކަމަށެވެ. އެެހެން ސައުދީން ދަނީ ސަރަހައްދީ ގައުމުތަކުގެ ކޯލިޝަނެއްގެ ދަށުން ހޫތީންނާ ހަނގުރާމަ ކުރަމުންނެވެ.

“1979 އަކުން ފެށިގެން އިރާނުން ވަނީ ސިދާ މީހުން މަރާލުމަށް ފަހު ސަލާމަތް ވެފަ. މިކަން ހުއްޓެން އެބަ ޖެހޭ” އެނާ ވިދާޅުވިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ލުބްނާނުގެ ބޮޑު ވަޒީރު ސާދު ހަރީރީ ވަނީ ސައުދީ އަރަބީއްޔާގައި ހުންނަވާ އިސްތިއުފާ ދެއްވާފައެވެ. ސައުދީ ވަނީ މިކަމުގައި އެގައުމުގެ އަތެއްވާކަމާ މެދު އިންކާރު ކޮއްފައެވެ.

ހިޒްބުﷲ ޖަމާއަތަކީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން 1980 އިގެ ތެރޭ އުފެއްދީ ޝިއީންގެ ހަނގުރާމަވެރި ގްރޫޕެކެވެ. އެ ޖަމާއަތުގެ ބާރު ގަދަވަމުން އައިސް މިހާރު ލުބްނާނު ސަރުކާރުގައިވެސް އެ ޖަމާއަތުގެ ހިއްސާ އެއް އޮވެއެވެ. އަދި ސީރިއާގެ ދާޙިލީ ހަނގުރާމައިގައި އެ ޖަމާއަތުން ވަނީ ސީރިއާ ސަރުކާރަށް ތާއީދު ކޮށް އެހީތެރިވެދީފައެވެ.