English Edition
Dhivehi Edition
އައްޝައިޚު އަލީ ޒައިދު--- ފޮޓޯ: ޒައިދު ޓުވިޓަރ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޙް އަލީ ޒައިދު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ޝެއިހް ޒައިދު މި އަދުކުރި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ތާއިދު އޮތީ މުއިއްޒު އަށް ކަމަށެވެ. މިގޮތަށް ނިންމީ މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބަ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ ކަަމަށްވެސް ޒައިދު ވިދާޅުވިއެވެ.

“ދުއާއަކީ ﷲ ތައާލާ ހެޔޮތައުފީގު ދެއްވުން. އާމީން”. އޭނާގެ ޕޯސްޓްގައި ވެއެވެ.

ޒައިދުގެ އިތުރުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިލްމުވެރިންގެ ގުޅުމުގެ ގިނަ އިލްމުވެރިންވެސް ވަނީ މުއިއްޒުއަށް ތާއިދުކުރުމަށް ނިންމާފައެވެ.