English Edition
Dhivehi Edition

2016 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކު ލިސްޓް އާއްމުކޮށްފިއެވެ. މިއަދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން އާއްމުކޮށްފައިވަނީ މާލެ ސަރަޙައްދު ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތެވެ. އެ އޮތޯރިޓީއިން ކުރި އިއުލާންގައި ބުނެފައިވަނީ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން އާއްމުކޮށްފައިވަނީ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުންކަމުގައެވެ.ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ ލިސްޓުގައި ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކު ލިސްޓްގައި 38 ވިޔަފާރިކުރާ ފަރާތުގެ ނަން ވަނީ އާއްމުކޮށްފައެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިކުރާ 09 ފަރާތެއްގެ ނަން ވަނީ ބަޔާންކޮށްފައެވެ. ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 06 ވިޔާފާރިކުރާ ފަރާތް ހިމެނިފައިވާ އިރު ޓޫރިޒަމް ދާއިރާގެ ވިޔާފާރިކުރާ ފަރާތެއްވެސް ވަނީ މި ލިސްޓްގައި ހިމެނިފައެވެ. ގެޒެޓްގައި ޝާޢިއު ކޮށްފައިވާ ލިސްޓުގައި ހުޅުދޫގެ 03 ވިޔަފާރިކުރާ ފަރާތް، މީދޫ 02 ވިޔަފާރިކުރާ ފަރާތް ހިމެނިފައިވާ އިރު ދެން ހިމެނިފައިވަނީ ހިތަދޫ އާއި ފޭދޫގެ ވިޔަފާރިކުރާ ފަރާތެއްގެ މައުލޫމާތެވެ.