English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރު ތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ މި ލިސްޓގައި ހިމެނޭ ފަރާތްތަކަށް ގޯތިދޫކުރެވޭނީ ދެ މަރުހަލާއަކަށް ބައިކުރެވިގެންނެވެ. ފުރަތަމަ މަރުޙަލާގައި ގޯތިދޫކުރެވޭނީ އައްޑޫގެ 4 އަވަށަކުން ޖުމަލަ 1000ގޯތިކަމަށެވެ. މި ގޮތުން ހިތަދޫއިން 500ގޯތި، ފޭދޫއިން 300ގޯތި، ހުޅުދޫއިން 100ގޯތި، އަދި މީދޫއިން 100ގޯތި ދޫކުރާނެއެވެ.

އިތުރަށް އައްޑޫ ސިޓީ ކައުންސިލުން ބުނީ ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކުރެވިފައި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތިދޫކޮށް ނިންމުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އައްޑޫ ސިޓީ ކައުންސިލް ބުނީ ފުރަތަމަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000ގޯތި ދޫކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގޯތިތައް ލިބެންޖެހޭފަރާތްތަކަށް ހަވާލުކޮށް ނިންމާނެކަމަށެވެ.

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ފަހަރު ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބިން ދޫކުރާނެކަމަށް ބުނެފައެވެ.