English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު ޓީމް
މިމަހުގެ 9 ވަނަ ދުވަހުގައި އޮންނަ ރިޔަސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމު ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފިއެވެ.
ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދުކުރައްވާ އަންހެން ކަނބަލުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މި ކެމްޕެއިން ހަރަކާތުގައި ރައީސް ޔާމީނުގެ އަނބިކަބަލުންގެ އިތުރުން މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ރަނިންމޭޓު ހުސައިން ލަތީފުގެ އަނބިކަނބަލުން އައިޝަތު އާފްރީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު ޑރ.އާދަމް ޝަރީފު ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ކެމްޕޭނުގައި މިރޭ ބައިވެރިވެވަޑައިގެންނެވީ އާލަސްކަންފުޅާ އުޅުއްވަމުން ކަމަށާއި އަދި މިރޭ އެ ޖަގަހައިން ފެނިގެންދާ މަންޒަރަކީ ކުރިއަށް އޮތް އިންތިހާބުގައި އެންމެ ބޮޑު ކުލައެއް ޖައްސާނެ މަންޒަރު ކަމަށެވެ.

މުއިއްޒުގެ ވެރިކަމުގައި އެންމެ ފުރަތަމަ ވެސް ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ޗަރީފް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތުގައި ޕީޕީއެމް/ޕީއެސްނީ ވަރުބަލި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.