English Edition
Dhivehi Edition

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ރައްކާތެރިކަންދީ އެކަން ކަށަވަރު ކުރުމަށް އެންމެމަތީދަރަޖައިގައި ތައްޔާރުވެ ތިބުމަށް ކަމާގުޅުންހުރި އިދާރާތަކަށް ރައީސް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިގޮތަށް އެންގެވިކަން ހާމަކުރައްވައިފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިސަރަހައްދުތަކަށް ގަދަވަޔާއެކު ވިއްސާރަކުރަމުންދާތީ އެކަމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ރައީސް އިލްތިމާސް ކުރައްވައިފައިވާ ކަމަށެވެ.

މި ވިއްސާރައިގައި މިހާރުވެސް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ ފެންބޮޑުވާ ރަށްރަށުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.