English Edition
Dhivehi Edition

ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 2 ވަނަ ބައިގައި މިގެނެސްދެނީ މާބަނޑު ދުވަސްވަރު ހަދަން ކަންޑައެޅިފައިވާ ސްކޭންތަކުގެ ތެރެއިން ބަނޑަށް 11 ހަފުތާ އާއި 13 ހަފްތާއާއި ދެމެދު ކުރުން މުހިންމު ސްކޭނެއް ކަމަށްވާ އެން.ޓީ ސްކޭނާއި ގުޅޭ މުހިއްމު މައުލޫމާތު ތަކެވެ.

ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ

ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަ ބައެއްބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ..

އެން.ޓީ ސްކޭން އަކީ ކޮބާ؟

މިއީ މާބަނޑު ދުވަސްވަރު ހަދަން ކަންޑައެޅިފައިވާ ސްކޭންތަކުގެ ތެރެއިން ބަނޑަށް 11 ހަފުތާ އާއި 13 ހަފްތާއާއި ދެމެދު ކުރުން މުހިންމު ސްކޭނެކެވެ.

މި ސްކޭން މުހިންމުވަނީ ކީއްވެ؟

މިސްކޭނަކީ ވަކި ދުވަސް ވަރަކު ނޫނީ ނެހެދޭނެ ސްކޭނަކަށް ވާތީވެއެވެ. އަދި މިސްކޭނަކީ ބަނޑުގައިވާ ދަރިފުޅުގައިގާ ހުރެދާނެ އުނިކަމެއް، މައިމީހާގެ ލޭގެ ޒަރިއްޔާއިން ސްކްރީން ކުރެވޭއިރު މިސްކޭންގައި ބެލޭ “ނިއުކަލް ޓްރާސްލުސެންސީ” އާއި އަޅާކިޔާ ރިސްކް ދެނެގަނެވޭތީވެއެވެ.

“ނިއުކަލް ޓްރާންސްލުސެންސީ” އަކީ ކޮންއެއްޗެއް؟

މިއީ އުފެދެމުން އަންނަ ކުއްޖާގެ ކަރުގެ ފުރަގަހުގައި، ހަމުގެ ދަށުގައި 11 ހަފުތާއިން ފެށިގެން 13 ހަފްތާގެ ނިޔަލަށް ޖަމާވެފައި ހުންނަ ފެންފަށަލައެކެވެ. 13 ހަފުތާގެ ފަހުން އާންމުކޮށް މިފަށަލަ ނެތިގެން ދެއެވެ. ފަށަލައިގެ ބޯމިން ހުންނަން ޖެހޭ ރޭންޖަށް ވުރެ ބޯކޮށް ހުންނަ ސަބަބުތަކުގެ ތެރޭގައި ޑައުންސިންޑްރޯމް ފަދަ ކްރޮމަޒޯމަލް އެނޯމަލީ، ހިތުގެ އައިބުތައް ( ހިތުގެ ނުބެދިހުންނަ ލޯވަޅުތައް ކަހަލަ)، ޑައިފްރަގްމެޓިކް ހާނިޔާ ( ބަނޑާއި މެ އާއި ދެމެދު އުފެދުމުގައި އެތެރެއަށް ހުންނަ ހާނިޔާގެ ބާވަތެއް) އަދި ކަށީގެ ބައެއް އައިބުތައް ހިމެނެއެވެ.

އެން.ޓީ ސްކޭން ގައި ދެން ބެލޭނީ އިތުރުން ކޮންކަންކަމެއް؟

ކުރިން ބަޔާން ކުރެވުނު ކަންކަމުގެ އިތުރުން ބޮލުގެ ނާށިގަނޑު ރަގަޅަށް އުފެދިފައި ވޭތޯ، “އެންއެންސެފަލީ” ( ސިކުންޑި އުފެދިފައިނުވުން) ފަދަ އުފެދެމުން އަންނަ ސިކުންޑީގެ އައިބުތައް، “އޮންފަލޮސީލް” ކަހަލަ ބަނޑުން ބޭރަށް ހުންނަ ހާނިޔާގެ ވައްތަރުތައް ،”ކުލަބްފުޓް” ކަހަލަ ހަތަރެސްފައިގެ އައިބުތައް އަދި ނޭފަތުގެ ކަށިގަނޑު ރަނގަޅަށް އުފެދިފައިވޭތޯ ބެލުން ފަދަ ކަންކަން ހިމެނެއެވެ.

މާބަނޑުވުމަށް ހިޔާލު ކުރާ ހިސާބުން ފެށިގެން “ފޮލިކް އެސިޑް” ކާންފެށުމަކީ ވަރަށް މުހިންމުކަމެކެވެ. އުފެދެމުން އަންނަ ކުއްޖާގެ ގުނަވަންތަކުގެ ބިންގާ އެޅި އުފެދެން ފެށެނީ 3 ހަފުތާ އާއި 8 ހަފުތާ ދެމެދުކަމަށް ވާތީ، ފުރަތަމަ 3 މަސް ދަވަހުގައި ފޮލިކް އެސިޑް ބޭނުން ކުރުމަކީ “ނިއުރަލް ޓިއުބް ޑިފެކްޓް” ( މައިބަދަ އަދި ނާރުތަކާ ގުޅިފައިވާ އައިބުތައް) އަދި އެހެނިހެން އުފެދުމުގެ ހުންނަ އައިބުތައް މަދުކޮށްދޭ ވިޓަމިނެއްކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.

ނިއުކަލް ޓްރާސްލުސަންސީ – “ކުލަބްފުޓް”- އާންމުކޮށް ދިވެހިރާއްޖެއިން ފެންނަ ކަށީގެ އައިބުތަކުގެ ތެރޭގައިހިމެނޭ