English Edition
Dhivehi Edition
ޑރ.މުހައްމަދު މުއިއްޒު

ހުޅުމާލެ ހިންގުން އާބަންކޯގެ އަތުން ނަގައި، ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ބަދަލު ކުރި ނަމަވެސް އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާއަށް އަސަރުނުކުރާނެކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ އިހުތިސާސްގެ ދަށުން ލިބިދޭ ބާރުތައް ކައުންސިލަށް ނަގާނެ ކަމަށް ބުނި ވާހަކަ ސަރުކާރަށް ތާއީދު ކުރާ މީހުން ދައްކަނީ އޮޅުވާލައިގެން ކަމަށެވެ.

ޅުމާލޭގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނީ ގާނޫނު އިމުގެ ތެރެއިން އެ ކަމަށް ލިބިދޭ ބާރުތަކުގެ ދަށުން ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެހެންނަމަވެސް ސަރުކާރުން އެ ވާހަކަދައްކަނީ އޮޅުވާލައިގެން ކަމަށެވެ. މި ގޮތުން އާބަންކޯގެ 500 އެއްހާ މުނިސިޕަލް މުވައްޒަފުންގެ ވަޒީފާ ގެއްލި، މުސާރަ ކުޑަވާނެ ކަމުގެ ބިރު ސަރުކާރުން ދައްކަމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ހިންގުން ބަދަލުކޮށް އިތުރު ވަޒީފާތައް އުފައްދަވާނެކަމަށެވެ. އަދި މި ގެންނަ ބަދަލާ ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަނުވާނެކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ.