English Edition
Dhivehi Edition
ޑރ،މުހައްމަދު މުއިއްޒު/ފޮޓޯ:ޕީޕީއެމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ހަފުލާއަށް ވަޑައިގަތުމަށް އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ފުރުސަތު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަމުން އަންނަކަމަށެވެ.

މި ރަސްމިއްޔާތުގައި އާންމު ރައްޔިތުންގެ ތެރެއިން 1000 ،މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާކަން ފާހަގަކޮށް ފިރުޒުލް ވިދާޅުވީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީކޮށް 3500 ފަރާތަކަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށެވެ

ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖައްސަން 22 މިލިއަން ރުފިޔާ ވަނީ ސިފައިންގެ ވެލްފެއާއި ހަވާލުކޮށްފައެވެ.