English Edition
Dhivehi Edition

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ތާއީދު ކުރައްވާނީ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރާއްޖޭގެ ބައެެއް ނޫސްތަކުގައި ބުނެފައިވަނީ މުނައްވަރު، މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވާ، ކެމްޕެއިން ގައި ވެސް ޢަމަލީ ގޮތުން ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ޑރ. މުއިއްޒު މާދަމާ އައްޑޫ ސިޓީއަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ޑރ. މުނައްވަރާއި އޭނާގެ ޓީމު ބައިވެރިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑރ. މުނައްވަރަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާ، އެކަން އިޢުލާނު ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވަނީ ރިޔާސީ އިބްތިހާބުގައި ވާދަނުކުރައްވާނެކަން ހާމަކުރައްވާފައެވެ.

މިއަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގ ރައީސްކަމުގެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ މުއިއްޒު ކަަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.