English Edition
Dhivehi Edition
ރައީސް ނަޝީދު

މި ސަރުކާރުން ބިންވެރިޔާގެ ސްކީމުގެ ދަށުން ގުޅި ފަޅު ހިއްކައި ގޯތި ދޭން އުޅޭ އުޅުމަކީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިންގަވާ ޕޮންޒީ ސްކޭމަށް ވުރެ ނުބައި ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ޑިމޮކްރެޓްސްއިން ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވަހިކަން، ކަން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެނޑިޑޭޓަކަށް ވެސް އެނގޭނެކަމަށެވެ، އަދި މި ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް އެކަމުގެ ނާޖައިޒު ފައިދާ ނަގާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގޯތި ދޭން ގުޅީ ފަޅު ހިއްކިދާނެކަމާ މެދު ސުވާލު އުފައްދަވަމުން ރައީސް ނަޝީދު ވިދާޅުވީ ގުޅީފަޅުގައި 25 މީޓަރު އެބަހުރި ކަމަށެވެ. 2010 ވަނަ އަހަރު ގުޅީފަޅު ހިއްކިއިރު ފާހަގަކުރެވުނު ކަންތައްތައް ހާމަކުރައްވަމުން ރައީސް ނަޝީދު ވަނީ އެ ބިން ހިއްކުމުގެ ހިނގާނެ ހަރަދު ބޮޑުވާނެކަމަށް ވިދާޅުވެފައެވެ. މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ ކޮޑި މީޓަރެއް ހިއްކުމަށް 20 ޑޮލަރު ހަރަދުވާނެކަމަށާ ގުޅިފަޅުގައި 20 މީޓަރު އެބަހުރި ކަމަށެވެ.

“އެހެންކަމުން 20 މީޓަރުން އަޑިއަށް 20 ގުނަ ގުޅީ ފަޅުގެ ކޮންމެ އަކަ މީޓަރެއްގެ ބިން އަގު ބޮޑުވެގެން އެބަދޭ އާދައިގެ ހާލަތުގައި ހިއްކާ ތަންތަނަށް ވުރެ” ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ ގޯތި ދޭން އެތަން ހިއްކަންވެސް ގިނަ އަދަދެއްގެ ވެލި ބޭނުންވާ ކަމަށާއި އަދި އެ ވެލި ހުރީ ހަމައެކަނި އަލި ހުރަސް ކަނޑުގައި އެކަނި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ

ގުޅީ ފަޅުން ބިން ހިއްކާފައި ދޭނެ ގޯތީގެ އަދަދު މިހާތަނަށް އާންމުކޮށްފައިވާ ހިސާބުގައި ފެންނަން ނެތްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ އަލްހާންގެ ޕޮންޒީ ސްކޭމަށް ވުރެ ނުބައި ސްކޭމެއް ކަމަށެވެ.