English Edition
Dhivehi Edition
ޑރ،މުހައްމަދު މުއިއްޒު/ފޮޓޯ:ޕީޕީއެމް

ޕީއެންސީ/ޕީޕީއެމްގެ ވެރިކަމެއްގައި ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކުޑަހުވަދޫގައި ކުރިއަށް ދިޔަ ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އުސޫލުތައް ހުރީ މަތިން ތިރިއަށް ކަމަށާ އެކަމަކު، އުސޫލުތައް ހުންނަން ޖެހޭނީ “ތިރިން މައްޗަށް” ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭ ސަރުކާރެއް ނޫން ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދަތިވަނީ ކޮން ކަމެއްތޯ ނުބަލާ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ވޯޓުން ސަރުކާރެއް ހޮވާ އިރު، ރައްޔިތުންނަށް ފަސޭހަ ނިންމުންތައް ނިންމަން ޖެހޭކަމަށެވެ އެއީ ގޮތް ނިންމާ ބަޔަކަށް ތިބީ ރައްޔިތުން ކަމުގައިވާތީކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިކަމުގައި މިހާރު ދެކޮޅު ދިމާނުވާ ކަމަށެވެ.

ރައްޔިތުންގެ ހިޔާލާ މަޝްވަރާގެ މަތިން ނިންމަންޖެހޭ ކަންތައްތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި މިއިއްޒު ވަނީ އަހަރުގެ ބޮޑު ޗުއްޓީ ފަހަގަކޮށްފައެވެ. އަހަރުގެ ބޮޑު ޗުއްޓީ ޖޫން މަހާ އަދި ޖުލައި މަހަށް ބަދަލުކުރުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އެކަމުގައި ހިމެނޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ޖުލައި މަހު މިނިވަން ދުވަސް އަންނާތީ މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ސްކޫލް ދަރިވަރުން ބައިވެރި ކުރަން ޖެހޭތީ ބަންދުގެ ބޮޑު ބައެއް ގެއްލޭކަމަށެވެ. އެހެންކަމުން އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.