English Edition
Dhivehi Edition

ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ ޏ. ފުވައްމުލައް/ހޯދަޑު.ނަސްފަަރު، މުޙައްމަދު ސިނާން (37އ)އެވެ.

ފުލުހުން ބުނީ ސިނާން ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ކުށެއްކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ އައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.

ސިނާން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ،

ޓެގު