English Edition
Dhivehi Edition
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުން---- ފޮޓޯ: ޖޭޕީ

ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

މިކަން އިޢުލާން ކުރެއްވީ މާމިގިލީގައި މިހާރު ކުރިއަށްގެންދާ އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ވަހީދުއާއެކު އެ މަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަޙީދުވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.

ޑރ. ވަހީދު އެންމެ ފަހުން ހުންނެވީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ވަނީ އިސްތިއުފާ ދެއްވައިފިއެވެ.

ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އަންނަ މަހު 9 ގައި އޮންނަ އިންތިޚާބަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބި އެކަން ނުކުރުމަކީ ޕާޓީގެ ލީޑަޝިޕުން ވީ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެއެވެ.