English Edition
Dhivehi Edition

ފަޚްރުވެރި ދިވެހި ދިދަ އުސްކޮށް އުފުލާ ވިހުރުވަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި ދައުލަތުގެ ސިޔާދަތާއިމެދު ވިސްނާ ފާރަވެރިވާން ޖެހޭ ކަމަށެވެ.

ރައީސް ވަހީދު ވަނީ ނޮވެންބަރު 11، 2008 އިން ފެބްރުއަރީ 6، 2012 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމު އަދާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ރައީސްކަން ކުރެއްވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުން އިސްތިއުފާ ދެއްވުމުން ފެބްރުއަރީ 7، 2012 އިން ނޮވެންބަރު 17، 2013 އަށެވެ.