English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލަރު މުހައްމަދު ޒަލީފް އެޕާޓީ ދޫކޮށް އެމްޑީޕީއަަށް ސޮއިކޮށްފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޒަލީފަކީ ޕީޕީއެމް ގެ ޓިކެޓުގައި ކައުސްސިލަށް އިންތިހާބުވި ފަރާތެކެވެ.

މި މަހުގެ 11 ވަނަ ދުވަހު އޭނާ އެމްޑީޕީ އަށް ސޮއިކޮށްފައިވާއިރު، މެމްބަރުކަމުގެ ފޯމާއި އެމްޑީޕީގެ ފަރާތުން ހަވާލުވެލެއްވީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ޕީޕީއެމްގެ ހަރަކާތްތަކުގައި މީގެ ކުރިން ތިނަދޫގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޒުވާނުންގެ ތެރޭގައި ހިމެނޭ ޒަލީފަކީ މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ.

ޒަލީފުގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ އެމްޑީޕީ އާ ގުޅިފައެވެ. އެގޮތުން ކުނަހަންދޫ ކައުންސިލުގެ ރައީސް އިސްމާއިލް ޝަކީބު އާއި ރަސްގެތީމު ޑަބްލިއުޑީސީގެ މެމްބަރު ހައުލާ އަބްދުލްޣަނީ ވަނީ އެމްޑީޕީ އަށް ސޮއި ކޮށްފައެވެ.

އަންނަ ސެޕްތެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި އެ ޕާޓީއަށް މެމްބަރުން މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އެމްޑީޕީ އިން ގެންދަނީ ކުރަމުންނެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދު 58،000 އަށް އަރައެވެ.

ޓެގު