English Edition
Dhivehi Edition
ރީކޯމޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުން

އެމްޑީޕީގެ އިސްވެރިއަކީ ކާކުތޯ ރީކޯ މޫސަ ސުވާލު އުފައްދަވައިފިއެވެ.

މިއަދު އެކްސްގައި ރީކޯ މޫސަ ވިދާޅުވެފައިވަނީ އެމްޑީޕީގެ ހިންގުމާއި ހަވާލުވެ ހުންނެވީ ކޮންބޭފުޅެއްކަން ނޭގޭކަމަށެވެ.

“އެމްޑީޕީގެ އިސްވެރިއަކީކާކުތޯ މެމްބަރުންނަށްއެނގެންއެބަޖެހޭ؟ ކުރީގެ ރަޢީސް ތޯ؟ ޕާޓީގެ ރައީސް.އަބްދުއްލޯޝާހިދު ތޯ؟ ޗެއަރ ފައްޔާޒުތޯ؟ ފަހުންބޭއްވި ކޮނގްރެސްގަ ޕާޓީގެ ގިނަ ބާރުތަކެއް ޗެއަރ އަށް ދިންކަންއެނގޭ، އަސާސީގަވާއިދާއެއްގޮތަށް ޕާޓީ ހިނގުމުގެޒިއްމާ؟ނަގަނީ ކާކުތޯ?,” ރީކޯ މޫސަ މިއަދު އެކްސްގައި ވިދާޅުވިއެވެ.

މިއަދުވެސް އެމްޑީޕީއާ ގުޅޭގޮތުން ސުވާލުތަކެއް ރީކޯ މޫސާ އުފައްދަވާފައިވާއިރު, އެމްޑީޕީ ފަނޑުވުމަކީ ދިވެހި އެއްމެހާ ރައްޔތުންނަށް އެތަށްނުރައްކަލަކާ ކުރިމަތިލާންޖެހިދާނެކަމެއްކަމަށް އޭނާ ވަނީ އިއްޔެވެސް ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ އިއްޔެ ވިދާޅުވީ ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުރިހާމެމްބަރުން އެ ޕާޓީގެ ހަމަތަކާއުސޫލުތަށް ދަމަހައްޓާ ޕާޓީ އާއިގެންކުރިއަށް ދާންޖެހޭ ކަމަށެވެ.

“”އަޅގަނޑުމެނގެ ސަފުތަށް ބަދަހިކަމާއެކު ރުުކުރުވާލުމަށްހުރި ހުރަސްތަށް ނައްތާލައްވާ,” -ރިކޯ މޫސަ-

މޫސަ ވަނީ ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައިވެސް މަސައްކަތް ކުރައްވައިފައެވެ.

މޫސަ މިރޭ ވަނީ ރައީސް މުހައްމަދު ނަޝީދަށާއި, ރައީސް މައުމޫނު އަބްދުލް ގައްޔޫމަށްވެސް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ކޮންމެ ގޮތަކުން ވެސް ޕާޓީގެ ވެރިކަން އާއިލީ ބާރުވެރިކަމުގައި ބޭއްވުމަކީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ކުރައްވަމުން އައި ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މި ފަހަރު ބަޔަކު އެއް ޕާޓީ މިނިވަންކޮށްފައިވާ ކަމަށް ވެސް ރީކޯ ވިދާޅުވިއެވެ.

ރީކޯ މޫސާމަނިކު ވަނީ މީގެ ކުރިން ރައީސް ޔާމިންގެ ވެރިކަމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްްސް އާއިއެކުވެސް މަަސައްކަތް ކުރައްވައިފައެވެ. 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަންވެސް ރީކޯ ކުރެއްވިއެވެ. ނަމަވެސް ފަހުން އަނެއްކާވެސް އެ ޕާޓީ ދޫކުރައްވައި ވަނީ އެމްޑީޕީއާއި ރައީސް ސޯލިހުގެ ވެރިކަމުގައި ގުޅިވަޑައިގަނެފައެވެ.