English Edition
Dhivehi Edition
ފޮޓޯ: ވަގުތު އިމޭޖްސް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑުތިލަދުން މައްޗަށް ފުރާވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު އާއި އެކު އެމަނިކުފާނުގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ އިތުރުން މި ދަތުރުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ބޮޑުތިލަދުން މައްޗަށް މިއަދު މުއިއްޒު ފެއްޓެވި ދަތުރުގައި ފުރަތަމަ ވަޑައިގަންނަވާނީ ހަނިމާދުއަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ މަކުނުދޫ، ހޯރަފުށި އަދި އިހަވަންދުއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު ހޯމަ ދުވަހު އުތީމު، ވަށަފަރު، ކެލާ، ބާރަށް އަދި ދިއްދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެެވެ.